ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

30 މާރިޗު 2021 11:00

ނަންބަރު

14

2021 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

ޕޮލިސް ބޯޑަށް ޢާންމު ރައްޔިތުންގެ ތެރެއިން ހޮވުމަށް މަޖިލީހުން ކަނޑައަޅާ މެންބަރަކު ހޮވުމަށްޓަކައި ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ނަންތައް ދިރާސާކުރުމަށް ފޮނުއްވާފައިވާ މައްސަލައިގެ ސުންގަޑި 1 އޭޕްރީލް 2021 ކަމުގައި ކަނޑައެޅުއްވިއެވެ. އަދި ރައްޔިތުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށްޓަކައި ޢާންމުކޮށް ޢިއުލާން ކުރުމަށް ނިންމަވައި ބޯޑަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށް ނިންމެވިއެވެ. 14 އަހަރުގެ އަންހެން ކުއްޖަކަށް ބިރުދައްކައި ރޭޕްކުރިކަމަށް ބުނާ މައްސަލަ ސިއްރުކުރުމަށް ކޮމިޓީން ނިންމެވިއެވެ. ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އެކުލަވާލައި ތަޞްދީޤުކޮށްފައިވަނިކޮށް، އަދި އެ ޤާނޫނަށް ޢަމަލުކުރަން ނުފެށިވަނިކޮށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޑރ. ޢަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރައްވާފައިވާ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފާސްކުރެއްވިއެވެ. އެއަށްފަހު ޢާންމު ފަރާތްތަކުން ފޮނުއްވާފައިވާ ސިޓީތައް ދިރާސާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA