ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީގެ ސަބް ކޮމިޓީ (ކުރީގެ ކައުންސިލްތަކާގުޅޭ)

ތާރީޚް

17 ފެބްރުއަރީ 2021 11:10

ނަންބަރު

1

1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އެންމެ ފުރަތަމަ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވައި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ ތާއީދުކުރެއްވެވީ ކޮމިޓީގެ މުޤައްރިރު ކަމުގައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދެވެ. އަދި މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވައި، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ތާއީދުކުރެއްވެވީ ނައިބު މުޤައްރިރު ކަމުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ އެވެ. އަދި މި ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ފާސްވިއެވެ. އެއަށްފަހު، ބ.ކަމަދޫ ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިޔަށް ގެންދެވިއެވެ. އެގޮތުން، ބ.ކަމަދޫ ކައުންސިލާ އަދި ބ.އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
17 ފެބްރުއަރީ 2021 - ކަމަދޫ ކައުންސިލުން ހުށަހަޅާފައިވާ މައްސަލަތައް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA