ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

5 ފެބްރުއަރީ 2020 14:00

ނަންބަރު

1

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2020 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

1.އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ މާލީ އެހީގައި ރާއްޖޭގައި ޤާއިމް ކުރަމުންދާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓަށް އައި.ޓީ ސްޕެޝަލިސްޓެއް ހޯދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން 28 އެޕްރީލް 2019 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން އެ މަޤާމަށް މީހަކު ހަމަޖެއްސުމުގައި އޭ.ޑީ.ބީ ގެ ގައިޑްލައިންތަކާ ޚިލާފަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ޢަމަލުކޮށްފައިވާތީ، އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދި ފޮނުއްވާފައިވާ މައްސަލައާ ގުޅޭ މަޢުލޫމާތު އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅުއްވައިގެން ހޯއްދެވުމަށް ނިންމެވިއެވެ. 2.(ސްޕެޝަލިސްޓް ޑޮކްޓަރ ޓްރެއިނިންގ ޕްރޮގްރާމް 2019) މި ޕްރޮގްރާމްގެ ދަށުން "ނޭޕާލް އެކަޑަމީ އޮފް މެޑިކަލް ސައިންސް" އަށް އަމިއްލަ ޚަރަދުގައި ކިޔަވަން ދިއުމަށް ޕްލޭސްމަންޓް ނޮމިނޭޓް ކުރުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ޢަމަލުކޮށްފައިވަނީ އާންމު އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް މިކަމުގެ މަޢުލޫމާތު ހޯއްދެވުމަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. 3.މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާއިން ރިޓަޔަރވުމަށް ބޭނުންފުޅުވާ މުވައްޒަފުންނަށް ރިޓަޔަރމަންޓްގެ އިނާޔާތް ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ، ޕޭ ކޮމިޝަންގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް މި މައްސަލައާ ގުޅޭ މައުލޫމާތު ހޯއްދެވުމަށެވެ. 4.ދަޢުލަތަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ މުޙިންމުކަން ފާހަގަކޮށް، އެފަދަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މުޙިންމުކަން ފާހަގަކޮށް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިފަދަ މައްސަލަތަކުގައި ޢަމަލުކުރައްވަމުން ގެންދަވާގޮތް މައްސަލަ ހުށަހަޅުއްވާފައި ފަރާތަށް ސިޓީއަކުން ދެންނެވުމަށް ނިންމެވިއެވެ. 5.ހުޅުމާލެއިން ކުއްޔަށް ދޫކޮށްފައިވާ ފުލެޓްތަކުގެ ޖޫރިމަނާ ސަރުކާރުން، ބައެއް ފަރާތްތަކަށް މަޢާފުކޮށްދީފައިވާތީ އެ މައްސަލައާ ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA