ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

3 ޖުލައި 2019 10:00

ނަންބަރު

4

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2019 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ ވޯކްޕްލޭން އެއް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ. އަދި މީގެ އިތުރުން މި ކޮމިޓީގެ ބައްދަލުވުން ކޮންމެ އަންގާރަ ދުވަހެއްގެ 11:00 ގައި ބޭއްވުމަށްވެސް ކޮމިޓީން ނިންމެވިއެވެ. މިގޮތަށް ނިންމެވުމަކުން އަވަސް މައްސަލައެ ކޮމިޓީއަށް ހުށަހެޅިއްޖެނަމަ، އަވަސް މައްސަލައެއްގެގޮތުގައި ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހުރަސްނާޅާ ކަމަށްވެސް ކޮމިޓީގައި ފާހަގަ ކުރެއްވިއެވެ. އެހެނިހެން މައްސަލަކުގެ ތެރެއިން ކާށިދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައި، މަހިބަދޫ ދާއިރާގެ މެންބަރު ތާޢީދު ކުރެއްވީ ޓޫރިޒަމް މިނިސްޓަރު ކޮމިޓީއަށް ހާޒރުކުރުމަށްފަހު މިނިސްޓްރީން ހިނގަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށެވެ. ކޮމިޓީގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ވަނީ ފާސް ކުރައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA