ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

6 އޯގަސްޓު 2019 11:00

ނަންބަރު

7

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2019 ވަނަ އަހަރުގެ 7 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަޅުއްވާފައިވާ މައްސަލަތަކުގެ ތެރެއިން ތިރީގައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ކޮމިޓީން ނިންމެވިއެވެ. 1. ތ.އަތޮޅުގައި އެމްޓީސީސީ ދެމުންގެންދާ ފެރީ ނިޒާމްގައި ފެރީގެ ޚިދުމަތް ދެމުން އަންނަނީ އެންމެ ފެރީއެއް ބޭނުންކޮށްގެން ކަމަށްވާތީ، ކޮޅުމަޑުލު ކައުންސިލްއިން ބެލިބެލުމުނ އެނގުނީ ޖިއޮގްރަފިކަލީގޮތުން މިފަދަ ބޮޑު އަތޮޅެއްގައި އެންމެ ފެރީއެއް ބޭނުންކޮށްގެން ފެރީގެ ޚިދުމަތް ދިނުމުން ޚިދުމަތްދޭ އުޅަނދުގެ އިންޖީނަށް ލޯޑުބޮޑުވެ ދޭތެރެ ދޭތެރެއިން އިންޖީނު ހަލާކުވެ ފެރީގެ ޚިދުމަތް މެދުކެނޑިގެންދާކަމަށް ފާހަގަވާއިރު، މިކަމަށް ހައްލެއް ހޯދެއްވުން އެދި ފޮނުވާފައިވާ މައްސަލަ. މި މައްސަލައާ ގުޅިގެން އަލުން މި މައްސަލަ ހިނގާފައިވާ ގޮތް ސާފުކުރެއްވުމަށް ތ. އަތޮޅު ކައުންސިލް، އެމް.ޓީ.ސީ.ސީ އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. 2. ހުޅުމާލެގައި އިމާރާތްކޮށް ނިމިފައިވާ ފްލެޓްތަކެއް ރައްޔިތުންނާ ހަވާލުނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވެގޮސްފައިވާތީ، މިކަމުގެ ސަބަބުން ސަރުކާރަށް ލިބޭ ގެއްލުމުގައި ޒިންމާވާނެ ފަރާތްތަކަކީ ކޮބައިކަން ނޭނގޭތީ، އެފަރާތްތަކަކީ ކޮބައިކަން ސާފުކުރެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީ. މި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ޖަވާބު ދެއްވާފައިވާތީ، އެގޮތަށް މައްސަލަ ހުށަހެޅި ފަރާތަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. 3. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާއިން ރިޓަޔަރވުމާ ގުޅޭގޮތުން ރިޓަޔަރމަންޓްގެ އިނާޔާތް ލިބޭނެގޮތް ހަމަޖައްސަވައިދެއްވުން އެދި ފޮނުއްވާފައިވާ ސިޓީ. މި މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެ ގޮތެއް ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް އަށް ސިޓީ ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެ. 4. ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތައް މި ސަރުކާރުން އަލުން ދޫކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވައި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ގިނަ ދުވަސްވެ ބިމެއް، ގޯއްޗެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެ އުސޫލެއް ހަމަޖައްސަވައިދެއްވުން އެދި ފޮނުއްވާފައިވާ ސިޓީ. މި މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އިން ދެއްވާފައިވާ ޖަވާބު މައްސަލަ ހުށަހެޅި ފަރާތަށް ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA