ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

20 އޯގަސްޓު 2019 11:00

ނަންބަރު

8

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2019 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަޅުއްވާފައިވާ މައްސަލަތަކުގެ ތެރެއިން ތިރީގައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ކޮމިޓީން ނިންމެވިއެވެ. ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަކީ މުހިންމުކަމެއްކަމަށާއި، އެފަދަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރެވޭނެ ގޮތްތަކެއް ހަމަޖެއްސެވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، އެފަދައިން ދައުލަތަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކާމެދު ޢަމަލުކުރައްވާ ގޮތެއް ނުވަތަ އުޞޫލެއް އޮތްނަމަ، އެކަމެއް ސާފުކުރެއްވުމަށް ކޮމިޓީން ބޭނުންފުޅުވާތީ، އެ މައުލޫމާތުތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެންނެވުމަށް ނިންމެވިއެވެ. 2018 ވަނަ އަހަރުގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ހއ.ބާރަށު މިސްކިތުގެ ވަޒީފާއަށް ގަވާއިދާ ޚިލާފަށް 6 މީހަކަށް ވަޒީފާ ދީފައިވާކަމަށްބުނެ، އެކަން ބައްލަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓިއާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތަކެއް މައްސަލައާއެކު ފޮނުވާފައިވާތީއާއި އެ މައްސަލައިގައި ކޮރަޕްޝަންގެ ޢަމަލެއް ނެތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފާހަގަކުރައްވާފައިވާތީ، އެ މައްސަލަ ހުށަހެޅި ފަރާތަށް އެގޮތަށް ދަންނަވާ ސިޓީ ފޮނުއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
7 ނޮވެމްބަރު 2019 - އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ
16 ޖުލައި 2019 - އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA