ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

1 މާރިޗު 2022 10:00

ނަންބަރު

4

2022 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތެއްގެމަތިން ކަމަށް ބަޔާންކޮށްފައިވާތީ، "އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރިބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް)" ގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން އެ މައްސަލައާއެކު ފޮނުއްވާފައިވާ މަޢުލޫމާތު ކަރުދާހުގައި 6 ވަނަ ނުކުތާގައި އޯ.އޭ.ސީ.ޕީ.އެސްގެ މެންބަރު ޤައުމުތަކުން އެ ޖަމްޢިއްޔާއަށް މެންބަރޝިޕް ފީއެއް ދައްކަންޖެހޭ ކަމަށް ބަޔާންކޮށްފައި އޮތުމުން، އެފީގެ މިންވަރަކީ ކޮބައިތޯ ސާފުކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސްއިން ސާފުކުރުމަށްފަހު އިތުރަށް މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ކިންގްޑަމް އޮފް ބެލްޖިއަމްއަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އަލްފާޟިލް ޢުމަރު ޢަބްދުއްރައްޒާޤު، ހ.ހިކިފިނިފެންމާގެ އަދި ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އަލްފާޟިލް ޙަސަން ޞާބިރު، ގ.ފިޔާތޮށިގެ ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ. އެ ގޮތުން ރުހުން ދޭން ފެންނަކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށަހަޅުއްވައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ތާއީދުކުރެއްވުމުން، ކޮމިޓީގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA