ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

8 މާރިޗު 2022 10:00

ނަންބަރު

5

2022 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

ިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތެއްގެމަތިން ކަމަށް ބަޔާންކޮށްފައިވާތީ، "އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރިބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް)" ގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ފޮނުއްވާފައިވާ ސިޓީގައި ފީގެ މިންވަރަކީ ކޮބައިކަން ސީދާ ބަޔާންކޮށްފައި ނެތުމާއެކު އެ މިންވަރު ސާފުކުރެއްވުމަށާއި، މެންބަރުންގެ އިތުރު ސުވާލުތަކެއް ހުރުމާއެކު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ކަމާގުޅުންހުރި ބޭފުޅުންނާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްކުރައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA