ޕެޓިޝަން ކޮމިޓީ

ޕެޓިޝަން ކޮމިޓީ، 2019 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

26 ޖޫން 2019 09:30 ނަންބަރު 2

ޚުލާސާ

މިބައްދަލުވުމުގައި "ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަކީ ޤައުމީ ސަލާމަތަށް ނުރައްކަލަކަށް ވެފައިވާއިރު މި މައްސަލަ ހައްލުކޮށް ދިވެހިންނަށް ވަޒީފާ ބާޒާރުގައި ފުރުޞަތުތައް އިތުރުކޮށްދީ މި ކަމަށް ވަކި ވުޒާރާއެއް އުފައްދައި ދިނުމަށް އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަން" ދިރާސާކުރައްވައި، މި ޕެޓިޝަނަކީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ، ޕެޓިޝަނެއްގައި ފުރިހަމަވާންޖެހޭ ސިފަތައް ފުރިހަމަވާ ޕެޓިޝަނެއް ނޫން ކަމުގައި މެންބަރުން ވަނީ އިއްތިފާޤުވެލައްވާފައެވެ. އެހެންކަމުން، ޕެޓިޝަނެއްގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަކުރައްވައި އަލުން ޕެޓިޝަން ހުށަހެޅުއްވުމަށް އެފަރާތަށް ދެންނެވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

24 ޖޫން 2019

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުން އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA