ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

8 އޮކްޓޯބަރު 2019 11:00

ނަންބަރު

9

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2019 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ މަސައްކަތްތަކުގެ ދާއިރާއަށް ގެންނަވާފައިވާ ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށްފަހު، ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރައްވައި މަޖިލީހަށް ރިޕޯޓް ފޮނުވުމަށް ނިންމެވިއެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، 7 ފެބްރުވަރީ 2012 ގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކު ވެރިކަމުގައި ހުރެވޭ މުއްދަތަށްވުރެ 6 ދުވަސް އިތުރަށް ވެރިކަމުގައި ހުންނެވުމުން، އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދި އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ ސިޓީ އަދި 7 ފެބްރުވަރީ 2012 ގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި އިސްކޮށް ތިއްބެވި ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އަޅައި ދިނުމަން އެދި އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ ސިޓީ ދިރާސާކުރުމުގެ މަސައްކަތެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
27 ސެޕްޓެމްބަރު 2019 - އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ
27 ސެޕްޓެމްބަރު 2019 - އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA