ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

20 ނޮވެމްބަރު 2019 11:00

ނަންބަރު

13

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2019 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ތިރީގައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. 1. 2020 ވަނަ އަހަރަށް ބޭނުންވާ ޓީޗަރުން ގެނެސްދޭނެ އެޖެންސީތައް ހޯދުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ޢަމަލުކޮށްފައިވަނީ ޤަވާއިދާ ޚިލާފަށްކަމަށްބުނެ، ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވީ މިމައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއްކަމަށްވާތީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހަޅުއްވާ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ތާއީދުކުރައްވާފައިވަނީ މި މައްސަލަ ކޮމިޓީން އިތުރަށް ނުބަލާ ގޮތަށެވެ. 2. ހުޅުމާލެއިން ކުއްޔަށް ދޫކުރި ބައެއް ފުލެޓްތަކުގެ ޖޫރިމަނާ ސަރުކާރުން މާފު ކޮށްފައިވާތީ، އެކަން ބައްލަވައިދެއްވުން އެދި ފޮނުއްވާފައިވާ މައްސަލަ އާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، މި މައްސަލަ އެޗް.ޑީ.ސީ އިން އަމަލުކުރަމުންދާ އުސޫލެއް ސާފުކުރެއްވުމަށެވެ. އަދި މައްސަލަ ފޮނުއްވާފައިވާ ފަރާތަށް ޖަވާބެއްދިނުމަށް ނިންމެވިއެވެ. މިގޮތަށް ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުޙަންމަދު ދީދީ ހުށަހަޅުއްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ތާއީދުކުރެއްވިއެވެ. 3. ސެންޓަރ އެންޓަޕްރައިސަސް ލިމިޓެޑްއާއި ސްޓެލްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށްބުނެ، އެކަން ބައްލަވައިދެއްވުން އެދި ފޮނުއްވާފައިވާ މައްސަލަ އާ ގުޅޭގޮތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުޙަންމަދު ދީދީ ހުށަހަޅުއްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ތާއީދުކުރައްވާފައިވަނީ މި މައްސަލަ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް އަށް ފޮނުއްވުމަށެވެ. 4. ހއ. ބާރަށު މިސްކިތުގެ 6 މުވައްޒަފަކަށް ގަވާއިދާ ޚިލާފަށް ވަޒީފާ ދެއްވާފައިވާތީ، އެކަން ބައްލަވައި ދެއްވުން އެދި ފޮނުއްވާފައި މައްސަލަ ދިރާސާކުރެއްވުން. – މި މައްސަލައަކީ ކޮމިޓީން މި ދައުރުގައި ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމަށްވާތީ، މި މައްސަލަ އިތުރަށް ކޮމިޓީން ނުބަލާ ގޮތަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA