ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

7 މާރިޗު 2022 12:30

ނަންބަރު

4

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް އެދި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރުމެވެ. އެގޮތުން، މި ޤަރާރާމެދު މަޝްވަރާކުރުމަށްފަހު ލިބިފައިވާ މައުލޫމާތުގެ އަލީގައި ކޮމިޓީ ރިޕޯޓް އެކުލަވާލުމަށް އެ ވަގުތު ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ 2021 ވަނަ އަހަރުގެ ކެޕިޓަލް މާކެޓް ސަމަރީ ރިޕޯޓާމެދު މަޝްވަރާކުރުމަށް ފުރުޞަތެއް ހަމަޖައްސަވައިދެއްވުން އެދި އެ އޮތޯރިޓީން ފޮނުއްވާފައިވާ ސިޓީއާ މެދު މަޝްވަރާކުރުމެވެ. އެގޮތުން، މި ސިޓީއާއި މެދު މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއީދުކުރައްވައި ހުށަހަޅުއްވައިފައިވަނީ، އެ އިދާރާއިން އެދިފައިވާ ގޮތުގެ މަތިން އެއިދާރާއި އެކު ބައްދަލުކުރުމަށެވެ. މި ހުށަހެޅުން ވެސް އެ ވަގުތު ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA