ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

9 މާރިޗު 2022 12:30

ނަންބަރު

5

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް އެދި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރުމެވެ. އެގޮތުން، ކޮމިޓީގެ ހުށަހެޅުންތަކާއި އެކު ކޮމިޓީ ރިޕޯޓް މަޖިލީހަށް ފޮނުވުމަށް އެ ވަގުތު ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އެއަށްފަހު، ދެން ކުރިއަށް ގެންދެވީ ޕްރައިވެޓް ކުންފުންޏަކުން ހުށަހަޅާފައިވާ ސިޓީއާ ގުޅޭގޮތުން އެ ފަރާތަށް ދިނުމަށް ނިންމާފައިވާ ޖަވާބާމެދު ކޮމިޓީގެ މެންބަރަކު އިޢުތިރާޒްކުރުމުން، އެ ސިޓީއާމެދު ގޮތެއް ނިންމުމަށް ކޮމިޓީއަށް ހުށަހެޅުމެވެ. އެގޮތުން، މި ސިޓީއާއި މެދު މަޝްވަރާކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ތާއީދުކުރައްވައި ހުށަހަޅުއްވާފައިވަނީ މި މައްސަލައާއި ގުޅިގެން އެކި އިދާރާތަކުން ލިބިފައިވާ މަޢުލޫމާތުގެ އަލީގައި އެ ފަރާތަށް ޖަވާބެއް އެރުވުމަށެވެ. މި ހުށަހެޅުން ވަނީ އެ ވަގުތު ހާޒިރުވެ ތިބި މެންބަރުންގެ ޢައްލަބިއްޔަތުން ފާސްކުރައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA