ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

16 މާރިޗު 2022 10:30

ނަންބަރު

7

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 7 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ 2019، 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރުމުގެ މަސައްކަތުގެ ތެރެއިން އެ އޮތޯރިޓީއަށް ކަނޑައެޅިފައިވާ "ކީ ޕަރފޯމަންސް އިންޑިކޭޓަރސް" ގައި ބަޔާންކޮށްފައިވާ ކަންތައްތައް 2019، 2020 އަދި 2021 ވަނަ އަހަރު ޙާޞިލުވެފައިވާ މިންވަރުގެ މައްޗަށާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ 2021 ވަނަ އަހަރުގެ ކެޕިޓަލް މާކެޓް ސަމަރީ ރިޕޯޓާ ގުޅޭގޮތުން އެ އޮތޯރިޓީން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަން ހުށަހެޅުއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އެގޮތުން، ކެޕިޓަލް މާކެޓް ރެގިއުލޭޓްކުރުމަށާއި، ކެޕިޓަލް މާކެޓް ތަރައްޤީކުރުމަށާއި، ކެޕިޓަލް މާކެޓަށް އާންމުން އަހުލުވެރިކޮށް، މާލީ ދާއިރާއަށް ހޭލުންތެރިކުރުމަށާއި، ކެޕިޓަލް މާކެޓް ތަރައްޤީކުރުމަށް މާކެޓާ ގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށާއި، ދިވެހިރާއްޖެއިން ބޭރުގެ ރެގިއުލޭޓަރުންނާއި ސްޓޮކް އެކްސްޗޭންޖްތަކާއެކު ގުޅުން ޤާއިމުކޮށް ބަދަހިކުރުމަށާއި، ހަރުދަނާ އަދި އިންސާފުވެރި ގޮތެއްގައި ސެކިއުރިޓީޒް އުފައްދައި، ނެރެ، ގަނެވިއްކޭނެ ބާޒާރެއް އުފެއްދުމާއި، ސެކިއުރިޓީޒްގެ ވިޔަފާރިކުރާ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް ސުޕަވައިޒް ކުރުމާއި، އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެ އޮތޯރިޓީން 2019، 2020 އަދި 2021 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކާއި އެ އަހަރުތައް ނިމުނުއިރު ހާސިލުކުރެވިފައިވާ މިންވަރު ޕްރެޒެންޓޭޝަންގައި ފާހަގަކުރައްވާފައިވެއެވެ. އަހަރު ރިޕޯޓުތަކާއި ޕްރެޒެންޓޭޝަންއާ ގުޅިގެން މެންބަރުން އިތުރަށް އޮޅުންފިލުއްވުމަށް ބޭނުންފުޅުވި މަޢުލޫމާތުވެސް އެ އޮތޯރިޓީން ސާފުކޮށްދެއްވާފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
23 ފެބްރުއަރީ 2022 - ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ފޮނުވާފައިވާ ސިޓީ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA