ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

ތާރީޚް

16 މާރިޗު 2022 11:00

ނަންބަރު

8

ޖޮއިންޓް ކޮމިޓީގެ 8 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީއަށް ފޮނުއްވާފައިވާ "އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލު" ގެ މަސައްކަތް ނިންމާނެ ސުންގަޑި ކަނޑައެޅުމުގެ މަސައްކަތެވެ. ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވައި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ތާއީދުކުރެއްވި ގޮތަށް ބިލުގެ ސުންގަޑިއަކީ 30 އޭޕްރީލް 2022 ކަމުގައި ކޮމިޓީގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. ދެން މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ "އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލު" ގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. އެގޮތުން ބިލާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް އެޓާރނީ ޖެނެރަލް އޮފީސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. އަދި ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ސަބް ކޮމިޓީއެއް މި ބައްދަލުވުމުގައި ހޮވިއެވެ. ބިލު ދިރާސާކުރެއްވުމަށް ސަބް ކޮމިޓީއާ ޙަވާލުކުރެއްވުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހެޅުއްވުމުވުން އެއްވެސް މެންބަރަކު އެކަމަށް އިޢުތިރާޟްކުރައްވާފައިނުވާތީ އެގޮތައް ކޮމިޓީން ފާސްކުރައްކުރައްވައި 5 މެންބަރުންގެ ސަބް ކޮމިޓީއެއް ހޮވިއެވެ. މި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ؛ 1. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، 2. މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، 3. ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ، 4. ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް، އަދި 5. އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA