ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

15 މާރިޗު 2022 10:00

ނަންބަރު

4

2022 ވަނަ އަހަރުގެ ޢާންމު ކޮމިޓީގެ 4 ވަނަ ބައްދަލުވުން.

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ) އަށް ބޭނުންވާ މުވައްޒަފުންގެ މަޤާމް އުފެއްދުމަށްއެދި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވެވިއެވެ. އެގޮތުން، އިދާރާއިން ފޮނުއްވާފައިވާ ގޮތަށް މި މައްސަލަ ފާސްކުރެއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ. އެއަށްފަހު ކުރިއަށްގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކަށް ފޯރުކޮށްދޭ ކެއުމާއި ސަޔާ ގުޅޭގޮތުން ކޮމިޓީގެ ލަފާ ހޯދުމަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ. އެގޮތުން، މިހާރު ގެންނަ މެނޫތަކުގައި ހުންނަ ކެއުންތައް ރަގަޅުކަމަށް ނިންމެވުމާ ގުޅޭގޮތުން ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެގެންދިޔައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA