ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

23 މާރިޗު 2022 12:30

ނަންބަރު

8

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ޤާނޫނު ނަންބަރު 2013/6 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ފޮނުއްވާފައިވާ ކޮމެންޓާމެދު މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ، އޮތޯރިޓީން ބިލަން ގެންނަން ފެނިވަޑައިގަންނަވާ އިޞްލާޙް ޑްރާފްޓް ކުރެއްވުމަށްފަހު ކޮމިޓީއަށް ފޮނުވުމަށް އެންގުމަށާއި، އަދި އެ އިޞްލާޙާމެދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ޚިޔާލު ހޯއްދެވުމަށްފަހު ކޮމިޓީން ގޮތެއް ނިންމުމަށެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސްގެ ބިލުގެ ސުންގަޑި 28 ފެބުރުވަރީ 2022 އަށް ހަމަވެފައިވާތީ، ބިލުގެ ސުންގަޑި އަލުން ކަނޑައެޅުމާމެދު މަޝްވަރާކުރުމަށްފަހު، 16 މޭ 2022 ގެ ނިޔަލަށް ބިލުގެ ސުންގަޑި އިތުރުކުރުމަށް ނިންމިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA