ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

28 މާރިޗު 2022 10:35

ނަންބަރު

11

2022 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށްގޮސްފައިވަނީ، މާލޭގެ ފަޅުތަކުގައި އަޅާފައި އޮންނަ އޮޑިދޯނިފަހަރުގެ ފާހާނާ ނިޒާމުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ މަސްމަހާމެއްސަށާއި ތިމާވެއްޓަށް ގެއްލުންވަމުންދާތީ އާއި އެސަރަޙައްދު ހަޑިވާމައްސަލަ ދިރާސާކުރުމަށް ހޮވި ސަބް ކޮމިޓީން އެ މައްސަލައާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓާމެދު ގޮތެއް ނިންމުމެވެ. އެގޮތުން މާލޭގެ ވަށައިގެންވާ ފަޅުގެ ސަރަޙައްދު ތަގައްޔަރު ވެފައިވާ މިންވަރު ދެނެގަތުމަށް 6 މަސް ދުވަހުގެ ތެރޭގައި ސަރވޭއެއް ހަދައި ސަރވޭގެ ނަތީޖާ ކޮމިޓީއާ ޙިއްސާކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހެޅުމަށް ނިންމަވާފައިވެއެވެ. މިއަދުގެ ބައްދަލުވުމުގައި އެންމެ ދެވަނަ ކަމަކަށް ކުރިއަށްގޮސްފައިވަނީ، "ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކުރުމުގެ ބިލް" ދިރާސާކުރުމެވެ. އެގޮތުން އެ ބިލުގެ 21 ވަނަ މާއްދާއިން 23 ވަނަ މާއްދާގެ (ށ) ނިޔަލަށް ދިރާސާކޮށްފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA