ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

5 އޭޕްރީލު 2022 11:00

ނަންބަރު

3

މާލިޔަތު ކޮމިޓީގެ 2022 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މާލީ އަދި އެހެނިހެން މަޞްލަޙަތުތައް ހާމަކުރުމުގެ ބިލު ދިރާސާކުރުމަށް އެކުލަވާލި ސަބް-ކޮމިޓީގެ ކޮމްޕޮޒިޝަން ބަދަލުކުރެވުނެވެ. އެގޮތުން، އެ ސަބް-ކޮމިޓީގައި ކުރިން ހިމެނިވަޑައިގަންނަވާ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު އަދި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ތަނާޒުލްވެވަޑައިގަންނަވާފައިވާތީ، އެ ސަބް-ކޮމިޓީ 4 މެންބަރުންގެ ސަބް-ކޮމިޓީއަކަށް ބަދަލުކުރެއްވުމަށް އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރެއްވުމުން އެގޮތަށް ފާސްވެފައިވެއެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ދަށުން ކުރިއަށް ގެންދާ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ސިސްޓަމް ސްޓްރެންތަނިންގ ޕްރޮޖެކްޓްގެ މެއިން ކޮމްޕޯޏަންޓެއް ކަމުގައިވާ ފައިނޭންޝަލް މެނޭޖްމަންޓް އެންޑް ޕަބްލިކް ސެކްޓަރ އެކައުންޓަބިލިޓީގެ ސަބް ކޮމްޕޯނަންޓް "ނޮލެޖް އެންޑް އެކްސްޕީރިއަންސް ޝެއާރިންގ" ދަށުން މި އަހަރުގެ އެޕްރީލް މަހުގެ 24 އިން 28 އަށް އިނގިރޭސިވިލާތައް ދިއުމަށް ހަމަޖެހިފައިވާ ދަތުރުގެ މަޢުލޫމާތު މެންބަރުންނާ ހިއްސާކުރެއްވިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕައިލެޓް ބޯޓް ޕްރޮޖެކްޓްގެ މަސައްކަތް މުއްދަތަށް ނުނިމިގެން ކަނޑަންޖެހޭ ބައި ނުކަނޑާ ދޫކޮށްލުމުގެ ސަބަބުން ކުންފުންޏަށް ގެއްލުން ވެފައިވާ ކަމަށާއި، ޕާފޯމަންސް ގެރެންޓީ ކަނޑާފައިނުވާ ކަމަށް ބުނާ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމިގޮތް ބަޔާންކޮށް އެ ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ ޙިއްޞާކުރެއްވިއެވެ. ޤާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތު ޤާނޫނު)ގެ 16 ވަނަ މާއްދާގެ (ޑ) ގައިވާ ގޮތުގެ މަތިން ނޭޝަނަލް ޕޭ ކޮމޝަނުން އެކުލަވާލާފައިވާ ވޭތުވެދިޔަ 5 އަހަރުން ހާސިލްކުރެވުނު ނަތީޖާއާއި ކުރިއަށް އޮތް 5 އަހަރުގެ އަމާޒުތަކުގެ ރިޕޯޓް ކޮމިޓީއާ ޙިއްޞާކުރުއްވިއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކައުންސިލް މެންބަރުންނަށް މިހާރު ދެމުންދާ މުސާރައަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން ނެރުއްވާފައިވާ "އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައަޅާ އަމުރު" ގައި ބަޔާންކުރާ ޢަދަދަށްވުރެ ކުޑަ އުޖޫރައެއްކަމުން، އެކަން ހައްލުކޮށްދެއްވުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލް އިން ފޮނުވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ، 8 ނޮވެންބަރު 2021 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ނެރުއްވާފައިވާ "އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައަޅާ އަމުރު" ގެ 3.1 ގައި ޕަބްލިކް ސެކްޓަރގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައަކީ، ގަޑިއިރަކަށް 33/65 ރުފިޔާކަމަށާއި، އެހެންނަމަވެސް ޕަބްލިކް ސެކްޓަރގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ހަފްތާއަކު މަދުވެގެން 30 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި މަހަކު 7000 ރުފިޔާ ދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ކައުންސިލް މެންބަރުންގެ މަސައްކަތްތަކާއި، މުސާރަ ކަނޑައަޅާފައިވާގޮތް މި ހަމައަށް ނުފެތޭކަމަށް އެ ކައުންސިލަށް ދެންނެވުމަށެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރައްވާފައިވާ އެ މިނިސްޓްރީގެ 2 ދޯނިއާމެދު އެންޓި-ކޮޕްޝަން ކޮމިޝަނުން ޢަމަލުކުރެއްވިގޮތް ދިރާސާކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވާފައިވާ ސިޓީއާ މެދު މަޝްވަރާކުރައްވައި މި މައްސަލައާގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހޯދުމަށް ނިންމާފައިވެއެވެ. "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އަށް ގެނައުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފެންނަ ބަދަލުތައް ބަޔާންކުރައްވައި، މި އިދާރާއަށް ކޮޕީ ކުރެއްވައި މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުއްވާފައިވާ ސިޓީ މެންބަރުންނާ ހިއްސާކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
7 މާރިޗު 2022 - މާލީ އަދި އެހެނިހެން މަޞްލަޙަތުތައް ހާމަކުރުމުގެ ބިލު ދިރާސާކުރުން
14 ޑިސެމްބަރު 2021 - ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ ވޭތުވެދިޔަ 5 އަހަރުން ހާސިލްކުރެވުނު ނަތީޖާއާއި ކުރިއަށް އޮތް 5 އަހަރުގެ އަމާޒުތަކުގެ ރިޕޯޓް
29 ނޮވެމްބަރު 2021 - މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕައިލެޓް ބޯޓް ޕްރޮޖެކްޓްގެ މަސައްކަތް މުއްދަތަށް ނުނިމިގެން ކަނޑަންޖެހޭ ބައި ނުކަނޑާ ދޫކޮށްލުމާއި، ޕާފޯމަންސް ގެރެންޓީ ކަނޑާފައިނުވާ ކަމަށް ބުނާ މައްސަލަ
19 ސެޕްޓެމްބަރު 2021 - "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އަށް ގެނައުމަށް އެލް.ޖީ.އޭ އަށް ފެންނަ ބަދަލުތައް
15 ޖުލައި 2019 - މޯލްޑިވްސް މީޑިޔާ ކައުންސިލުން ފޮނުއްވި ސިޓީ
25 ނޮވެމްބަރު 2015 - މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 2012-2018 އަހަރުގެ އޮޑިޓް ރިޕޯޓްތަކާއި، ޓްރަސްޓް ފަންޑުގެ ސްޕެޝަލް އޮޑިޓް ރިޕޯޓް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA