ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

5 އޭޕްރީލު 2022 13:00

ނަންބަރު

9

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 2013/6 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ބިލާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އިތުރު މައުލޫމާތު ސާފުކުރުމަށްފަހު ބިލުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ މައްސަލައިގެ ސުންގަޑި ކަނޑައަޅައި، މައްސަލައިގެ މަސައްކަތް ކުރިއަށް ގެންދާނެގޮތާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، މައްސަލައިގެ މަސައްކަތް ކޮމިޓިން ނިންމާނެ ސުންގަޑިއަކީ 30 ޖޫން 2022 ކަމުގައި ނިންމެވިއެވެ. އަދި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ތާއީދުކުރައްވައި ހުށަހަޅުއްވާފައިވަނީ މައްސަލަ ދިރާސާ ކުރުމުގެ ގޮތުން އައްޑޫ ސިޓީ، ހުވަދު އަތޮޅު، ލާމު އަތޮޅު އަދި ޅަވިޔަނި އަތޮޅުގައި ޤާއިމުކޮށްފައިވާ މަސްވެރިކަމާގުޅޭ ފެސިލިޓީތަކުގެ ޙާލަތު ދެނެގަތުމަށާއި، އެ ފެސިލިޓީތަކުގެ ޙިދުމަތް ބޭނުންކުރާ ފަރާތްތަކާއި ބައްދަލުކުރުމަށް މުޅި ކޮމިޓީން ނުވަތަ ސަބް ކޮމިޓީއެއް އެކުލަވާލައިގެން އެ ސަރަޙައްދުތަކަށް ޒިޔާރަތްކުރުމަށެވެ. މި ދެ ހުށަހެޅުން ވެސް ވަނީ އެ ވަގުތު ހާޒިރުވެ ތިބި މެންބަރުންގެ ޢައްލަބިއްޔަތުން ފާސްކުރައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA