ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

8 މާރިޗު 2022 13:30

ނަންބަރު

8

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 8 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ސިފައިންގެ ކޯޕެރޭޓިވް ސޮސައިޓީ (ސިފްކޯ) އަދި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) މެދުވެރިވެގެން ސިފައިންނާއި ފުލުހުންނަށް ޚާއްޞަކޮށްގެން ސިފައިންނާއި ފުލުހުންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުމާލޭގައި އަޅަމުން ގެންދާ 600 ފްލެޓްގެ ޕްރޮޖެކްޓާ ގުޅިގެން ކަމާގުޅޭ އިދާރާއަކުން ނުވަތަ ފަރާތަކުން އިހުމާލެއްވެފައިވާނަމަ، އެކަމެއް ބައްލަވައި ދެއްވައި، އިޞްލާޙުކުރަންޖެހޭ ކަމެއް އޮތްނަމަ، އެ ކަމެއް އިޞްލާޙުކޮށްދެއްވުމަށް ކަމާގުޅޭ އިދާރާތަކަށް އަންގަވައި، މި ޕްރޮޖެކްޓް އަވަސް ފުރުޞަތެއްގެ ތެރޭގައި ނިންމޭކަން ކަށަވަރު ކުރުމަށް މަޖިލީހުން ކުރަންޖެހޭ ކަމެއް އޮތްނަމަ، އެކަމެއް ކުރުމަށް އެދި ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް ޢަބްދުﷲ ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) ގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.އަދި މިކަމާ ގުޅިގެން ޕޮލްކޯ އަދި ސިފްކޯއާ ބައްދަލުކުރައްވާއިރު، ސިއްރު ބައްދަލުވުމެއްގައި ގޮތުގައި ކުރިއަށް ގެންދަވަން ކޮމިޓީން ކުރިން ނިންމަވާފައިވާތީ، މި ބައްދަލުވުން ކުރިއަށް ގެންދެވީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA