ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 23 ވަނަ ބައްދަލުވުން

30 ޖުލައި 2019 09:30 ނަންބަރު 23

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަޕާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ ދަށުން އެކުލަވާލެވިފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މަސްޢޫލިއްޔަތު އަދާކުރެވިފައިވާ މިންވަރު ރިވިއުކޮށް ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ކޮމިޓީ ރިޕޯޓަށް ގެންނަވަން މެންބަރުންނަށް ފެނިވަޑައިގެންނެވި އިޞްލާޙްތަކާއެކު ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ނިންމެވިއެވެ. ދެން ކޮމިޓީގައި ކުރިއަށް ގެންދެވީ އެސް.ޓީ.އޯ ފާމަސީއިން މުއްދަތު ހަމަވެފައިވާ މެޑިކަލް ކޮންސިއުމަބްލްސް ވިއްކަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާތީ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައެވެ. މިގޮތުން މިކަމުގެ މަޢުލޫމާތު ސާފުކުރެއްވުމަށާއި އެ ބޭހުގެ ސެޓިފިކެޓް އޮފް އޮރިޖިން ގެ ކޮޕީއެއް ހޯއްދެވުމަށް އެދި އެސް.ޓީ.އޯ އަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

30 ޖުލައި 2019

އެސް.ޓީ.އޯ ފާމަސީއިން މުއްދަތު ހަމަވެފައިވާ މެޑިކަލް ކޮންސިއުމަބްލްސް ވިއްކަމުންދާކަމުގެ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

21 ޖުލައި 2019

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މަސްޢޫލިއްޔަތު އަދާކުރެވިފައިވާ މިންވަރު މުރާޖަޢާކޮށް ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA