ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

6 އޭޕްރީލު 2022 12:30

ނަންބަރު

9

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 9 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ލ.މާވަށުގެ އާއްމު ރައްޔިތެއްގެ ގެއިންނާއި ކޭބަލް ޓީވީ ސްޓޭޝަންއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓް ކަނޑާލައިފާކަމަށް ބަޔާންކޮށް އެ ދާއިރާގެ މެންބަރު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަަލަ މި ކޮމިޓީއަށް ފޮނުއްވާފައިވާތީ، މި މައްސަލައާ ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަން އިން ލިބިފައިވާ މަޢުލޫމާތު މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދަށް ދެންނެވުމަށް ނިންމެވިއެވެ. އެއަށްފަހު، ޕޮލްކޯއާއި ސިފްކޯގެ ފްލެޓްތަކާ ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތުތައް ދިރާސާކުރައްވައި، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 12 އެޕްރީލް 2022 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. ދެން ކުރިއަށް ގެންދެވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި 03 އަހަރުގެ މުއްދަތަށް މެޑިކަލް ކްލިނިކެއް ހިންގެވުމަށް ބަޔޯ ބިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް، އެއްބަސްވުން ނިމުމަކަށް ގެނައުމަށް ކުއްލި ގޮތަކަށް ނިންމައި، އެ މަސައްކަތްކުރާނެ އެހެން ފަރާތެއް ހޯދުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އިޢުލާންކޮށްފައިވާތީ، އެކަން ބައްލަވައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެވެ. އެގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އިން މަޢުލޫމާތު ދެއްވާފައިވަނީ އެއްބަސްވުން ބާޠިލްކޮށްފައިވަނީ އެއްބަސްވުމުގެ 8.2 ވަނަ މާއްދާގައި ހިމެނިފައިވާ "ފޮރ ކޮންވީނިއަންސް" އަށް އެއްބަސްވުމުގެ ބައިވެރިންނަށް އެއްބަސްވުން ބާޠިލްކުރެވެން އޮންނަ މާއްދާގެ ދަށުންކަމަށެވެ. އެހެންކަމުން އެ ކުންފުނިން ފޯރ ކޮންވީނިއަންސް އަށް އެއްބަސްވުން އުވާލާފައިވާ ސަބަބާއި، މިއީ ހުރިހާ އެއްބަސްވުމެއްގައި މާއްދާއެއްތޯއާއި، އެއްބަސްވުން ބާޠިލްކުރުމަށްފަހު އެހެން ފަރާތަކަށް ކްލިނިކް ހިންގަން ޙަވާލުކޮށްފައިވާނަމަ އެކަމުގެ މަޢުލޫމާތު އަދި މިކަމުން އެ ކުންފުންޏަށް ލިބުނު ފައިދާ ނޫނީ ގެއްލުމުގެ ތަފްޞީލް ޙޯއްދެވުމަށް ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. އަދި މިކަމާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖްމަންޓުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްވެސް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA