ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

19 އޭޕްރީލު 2022 11:00

ނަންބަރު

11

2022 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ، މަދްރަސަތުލް އިފްތިތާޙްގެ ހިންގުން ހަރުދަނާކޮށް، ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްކޫލަށް ދިމާވެފައިވާ ދަތިތައް ވީހާވެސް އަވަހަށް ޙައްލުކޮށްދިނުމަށް އެދި ހުށަހަޅާ ޤަރާރުގެ ރިޕޯޓް ފާސްކުރެއްވުމެވެ. ޤަރާރާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، މި ޤަރާރުގައި މައިގަނޑުގޮތެއްގައި ފާހަގަކުރައްވާފައިވާ ކަންކަން ފުރިހަމަކޮށް ނިމިފައިވާކަމަށް ފެންނާތީއާއި، ޤަރާރުގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ ތެރެއިން ނިމިފައިނުވާ ކަންކަމަކީ ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މަދްރަސަތުލް އިފްތިތާޙުން އެދުމުން ހަމަޖެހިގެންދާނެ ކަންތައްތައްކަމުގައި ފެންނާތީ، މި ޤަރާރު ފާސްކުރުމަށް ނުފެންނަކަމަށް ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ. މި ގޮތައް ފާސްކުރުމަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ އަދި ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްއެވެ. ދެން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ފަންނީ އުފެއްދުން ގިންތިކުރުމާއި ދަރަޖަކުރުމުގެ ބިލުގެ މަސައްކަތެވެ. އެ ގޮތުން ރީ ޑްރާފްޓް ކުރެވުނު ބިލުގެ 4 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާއާއި ހަމައަށް ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA