ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

5 އޭޕްރީލު 2022 13:10

ނަންބަރު

5

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2022 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު ދިރާކުރުމުގެ މަސައްކަތެވެ. މިގޮތުން ބިލު މިހާރު ހުށަހެޅިފައިވާ ގޮތަށް ފާސްކުރުމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤު ހުށަހަޅުއްވާ ބާރަށު ދާއިރާގެ އަޙްމަދު ޢަބްދުﷲ ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ވަޑައިގެން ތިއްބެއްވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެވުނެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ ކޮމިޓީއަށް ލިބިފައިވާ ސިޓީތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމެވުމެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA