ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

25 އޭޕްރީލު 2022 12:00

ނަންބަރު

12

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސުންގަޑި ކަނޑައަޅައި، ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތާމެދު މަޝްވަރާކުރުމެވެ. އެގޮތުން ބިލުގެ ސުންގަޑި ކަނޑައެޅުމަށް ހުޅުވާލި ފުރުޞަތުގައި، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރައްވާފައިވަނީ ބިލުގެ މަސައްކަތް 30 ޖޫން 2022 ގެ ނިޔަލަށް ނިންމުމަށެވެ. މި ހުށަހެޅުން އެ ވަގުތު ހާޒިރުވެ ތިބި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ. ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި 3 ހުށަހެޅުމެއް ހުށަހެޅުނެވެ. އެއީ، 1. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ތާއިދުކުރައްވާފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ސީ.އެމް.ޑީ.އޭ، އެލް.ޖީ.އޭ، އެމް.އެމް.އޭ، މީރާ، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި އެމް.އެމް.އޭއިން ޚިޔާލު ހޯދުމަށެވެ. 2. މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރައްވާފައިވަނީ މަޓީ، އެމް.އެމް.އޭ، މީރާ، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ލިޔުމުން ޚިޔާލާއި މައުލޫމާތު ސާފުކުރުމުގެ އިތުރުން މި ފަރާތްތަކާއި ބައްދަލުކުރުމަށެވެ. މި ދެ ހުށަހެޅުން އެއްގޮތްކޮށް އެއް ހުށަހެޅުމެއްގެ ގޮތުގައި ހުށަހަޅައި ކޮމިޓީގައި އެ ވަގުތު ހާޒިރުވެ ތިބި މެންބަރުންގެ ޢައްލަބިއްޔަތުން ފާސްކުރެއްވިއެވެ. 3. މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހަޅުއްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއީދުކޮށް ހުށަހަޅުއްވާފައިވާނީ މި ބިލާއި ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ފޯރަމެއް ބޭއްވުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ހުށަހެޅުން ފާހެއްނުވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
20 އޭޕްރީލު 2022 - ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA