ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

12 މޭ 2022 10:30

ނަންބަރު

5

2022 ވަނަ އަހަރު ޢާންމު ކޮމިޓީގެ 5 ވަނަ ބައްދަލުވުން.

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި 8 މޭ 2022 ވަނަ ދުވަހުގެ 19:01 އިން 20:26 އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފޮނުއްވާފައިވާ މެސެޖްތަކުގެ ( އެ ވަގުތުތަކުގެ ފޮނުއްވާފައިވާ އެންމެހައި މެސެޖްތައް) ކޮޕީ ހޯއްދެވުމަށްއެދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ޢަމަލު ކުރަންވީ ގޮތުގެ ލަފަޔަކަށްއެދި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން، މި މައްސަލައާމެދު މަޝްވަރާ ކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިތުރަށް މަޢުލޫމާތު ސާފުކުރުމަށް ފެންނާތީ، އެ މަޢުލޫމާތު ހޯއްދެވުމަށް ނިންމަވާ ކޮމިޓީ ނިންނަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA