ޖުޑީޝިއަރީ ކޮމިޓީ

ޖުޑީޝިއަރީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

17 މޭ 2022 11:13 ނަންބަރު 15

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ރިޕޯޓް ދިރާސާކުރެއްވުމަށްފަހު، އެ ރިޕޯޓާ ގުޅޭގޮތުން އިތުރަށް ސާފުކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ފޮނުވި ސިޓީއާއެކު އެހެނިހެން މައުލޫމާތުތައް ލިބިފައިވާތީ، ދެން ބާއްވަވާ ބައްދަލުވުމެއްގައި އެ މައުލޫމާތުތައް ދިރާސާކުރުމަށްފަހު މި މައްސަލައަށް ގޮތެއް ނިންމުމަށް ކޮމިޓީން ނިންމިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

25 އޭޕްރީލު 2022

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރިޕޯޓް ނަންބަރު D-TC160(2)/TF10/2021/14 އަދި D-TC160(3)/TF10/2022/13 (ހައިކޯޓުގެ ދެ ފަނޑިޔާެރުން ވަކިކުރުމާގުޅޭ)

ކޮމެޓީ މަސައްކަތް ނިމިފައި

7 މާރިޗު 2022

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA