ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

18 މޭ 2022 10:00

ނަންބަރު

7

2022 ވަނަ އަހަރުގެ 7 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި 8 މޭ 2022 ވަނަ ދުވަހުގެ 19:01 އިން 20:26 އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފޮނުއްވާފައިވާ މެސެޖްތަކުގެ (އެ ވަގުތުތަކުގެ ފޮނުއްވާފައިވާ އެންމެހައި މެސެޖްތައް) ކޮޕީ ހޯއްދެވުމަށްއެދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ޢަމަލު ކުރަންވީ ގޮތުގެ ލަފަޔަކަށްއެދި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން، މި މައްސަލައާމެދު ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް އެދިލައްވާފައިވާގޮތަށް އެ މެސެޖުތަކުގެ ކޮޕީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެ މެންބަރަށް ޙިއްސާކޮށްދެއްވުމަށް ފެންނަކަމަށް ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA