މިއަދުގެ ބައްދަލުވުމުގައި އެޖެންޑާކޮށްފައިވަނީ 06 މޭ 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމްއާ ގުޅުވައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގެ މައްސަލަ ބައްލަވައިދެއްވުން އެދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވާފައިވާ މައްސަލައެވެ. އެގޮތުން މައްސަލަ ބަލައިގަތުމާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ވަޓްސް އަޕް ގްރޫޕްގައި ދެއްކޭ ވާހަކަތަކަކީ ވެސް ބެލެންޖެހޭނެ ކަމެއްކަމަށާއި އެހެންކަމުން މި މައްސަލަ ކޮމިޓީއަށް ބަލައިގަތުމަށް ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްވިއެވެ.
© 2023 ރައްޔިތުންގެ މަޖިލިސްގެ އިދާރާA