ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

17 މޭ 2022 11:00

ނަންބަރު

6

މާލިއްޔަތު ކޮމިޓީގެ 2022 ވަނަ އަހަރުގެ 06 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ "ސްޓްރެޓެޖިކް ޕްރިޕެއާޑްނެސް އެންޑް ރެސްޕޯންސް ފެސިލިޓީ" ގެ ތެރެއިން 10 މިލިއަން އެމެރިކާ ޑޮލަރުގެ ކޮމޯޑިޓީ މުރާބަހާ ފައިނޭންސިންގ ފެސިލިޓީއެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާ އިސްލާމިކް ކޯޕަރޭޝަން ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އާ ދެމެދު 24 ފެބުރުވަރީ 2022 ގައި ސޮއި ކޮށްފައިވާ ލޯނު އެއްބަސްވުމަށް 18 އެޕްރީލް 2022 ގައި ދިވެހި ސަރުކާރުން ގެރެންޓީ ދީފައިވާތީ، މި ގެރެންޓީއާ ގުޅޭ މަޢުލޫމާތާއި ސީ.އެފް.އެސް.އައި.ޓީ އިންކް އިން ބަޖެޓް ސަޕޯޓްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ފެސިލިޓީއެއް ދިނުމަށް 25 މިލިއަން އެމެރިކާ ޑޮލަރުގެ 4 އެގްރީމެންޓް، ސީ.އެފް.އެސް.އައި.ޓީ އިންކް އާއި ދިވެހި ސަރުކާރާ ދެމެދު 24 މާރިޗު 2022 ވަނަ ދުވަހު ސޮއިކޮށްފައިވާތީ އެ ލޯނުގެ މަޢުލޫމާތު އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއަރޓަރގައި ކުރެވުނު މަސައްކަތްތަކާއި އޮފީސް ހިނގަމުންދާ ގޮތުގެ ރިޕޯޓް ޙިއްޞާކުރެއްވިއެވެ. ދެން، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތުގެ އޮފީސްތަކުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅުއްވަންޖެހޭ 2020 ވަނަ އަހަރުގެ "އަހަރީ ރިޕޯޓް" 31 މާރިޗު ގެ ނިޔަލަށް ހުށަނާޅުއްވާ މުއައްސަސާތަކުގެ ލިސްޓާއި، ޤާނޫނުގައި ބުނާ މުއްދަތު ހަމަވިފަހުން "އަހަރީ ރިޕޯޓް" ފޮނުއްވި ފަރާތްތަކުގެ ތެރެއިން 12 އެޕްރީލް 2022 ގެ ނިޔަލަށް "އަހަރީ ރިޕޯޓް" ހުށަހެޅުއްވި މުއައްސަސާތަކުގެ ލިސްޓް އެހެން ބައްދަލުވުމެއްގައި އެޖެންޑާކުރެއްވުމަށް މުޤައްރިރު ނިންމެވިއެވެ. އެއަށްފަހު، ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލުދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމަށް ހާއްސަކުރެވިގެން ތައްޔާރުކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާފައިވާ ހުދުކަރުދާސް ދިރާސާކުރެއްވުމަށް 3 މެންބަރުންގެ ސަބް-ކޮމިޓީއެއް އެކުލަވާލައި ކޮމިޓީގައި ތިއްބަވާނެ މެންބަރުންގެ ގޮތުގައި 1. ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ، 2. ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ އަދި 3. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހަމަޖެއްސުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
12 މޭ 2022 - ކޮމޯޑިޓީ މުރާބަހާ ފައިނޭންސިންގ ފެސިލިޓީއެއްގައި ބީ.އެމް.އެލް އާ އައި.ސީ.ޑީ އާ ދެމެދު ސޮއި ކޮށްފައިވާ ލޯނަށް ސަރުކާރުން ދީފައިވާ ގެރެންޓީ
24 އޭޕްރީލު 2022 - އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއަރޓަރގައި ކުރެވުނު މަސައްކަތްތަކާއި އޮފީސް ހިނގަމުންދާ ގޮތުގެ ރިޕޯޓް
14 އޭޕްރީލު 2022 - ދައުލަތުގެ އޮފީސްތަކުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅުއްވަންޖެހޭ 2021 ވަނަ އަހަރުގެ "އަހަރީ ރިޕޯޓް" ހުށަނާޅުއްވާ ފަރާތްތަކުގެ ލިސްޓް
7 އޭޕްރީލު 2022 - ސީ.އެފް.އެސް.އައި.ޓީ އިންކް އިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ދީފައިވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ފެސިލިޓީ
5 ސެޕްޓެމްބަރު 2021 - ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލުދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމަށް ހާއްސަކުރެވިގެން ތައްޔާރުކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރއްވާފައިވާ ހުދުކަރުދާސް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA