ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

23 މޭ 2022 12:40

ނަންބަރު

13

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ ގެ ބޭފުޅުންނާ ބައްދަލުކުރެއްވުމެވެ. އެގޮތުން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިދާރާތަކުން ބިލާ ގުޅޭގޮތުން ފާހަގަކުރެވޭ ކަންކަން ފާހަގަކުރެއްވިއެވެ. އަދި، ބިލުގައި ހިމަނާފައިވާ އިޞްލާޙުތަކުގެ ތެރެއިން މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ބިމުގެ ކުއްޔަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙާ ގުޅޭގޮތުންނެވެ. އެ ބަދަލުގެ ސަބަބުން އާމްދަނީއަށް ކުރާނެ އަސަރާ ގުޅޭގޮތުންނާއި އެ ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ސަބަބާއި، ބިލާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުއްވިއެވެ. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭހެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ މައިގަނޑު މަޤްޞަދަކީ ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރުމަށް އިންވެސްޓަރުންނަށް ފަހި ފުރުޞަތުތައް ޤާއިމުކޮށްދިނުންކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ފާހަގަކުރައްވާފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
20 އޭޕްރީލު 2022 - ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA