މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ 5 (ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމް ނަޒާހަތްތެރިކަން ދިރާސާކުރަން ހޮއްވެވި)

"ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމް ނަޒާހަތްތެރިކަން" ދިރާސާކުރެއްވުމަށް ހޮއްވެވި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ 2022 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

18 މޭ 2022 10:00 ނަންބަރު 1

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޝަބާނާ ރަޝީދުއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބް އަބްދުﷲ ތާޢީދުކުރެއްވި ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފްގެ ނަންފުޅު ވަނީ ކޮމިޓީގައި އެ ވަގުތު ހާޒިރުވެތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. އަދި މުޤައްރިރުގެ ނައިބުގެ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައި ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފް ތާޢީދުކުރެއްވި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބް އަބްދުﷲ ނަންފުޅު ވަނީ ކޮމިޓީގައި އެ ވަގުތު ހާޒިރުވެތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. އެއަށްފަހު، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ "ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމް ނަޒާހަތްތެރިކަން" ހުދުކަރުދާސް ދިރާސާކުރުމަށްފަހު، އަންނަ ހަފްތާގެ ހޯމަ ދުވަހު އެޖެންޑާކުރުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

18 މޭ 2022

ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމް ނަޒާހަތްތެރިކަން ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA