ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

25 މޭ 2022 10:00

ނަންބަރު

5

2022 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އެއަށްފަހު، ބައެއް މިނިސްޓްރީތަކުންނާއި ސަރުކާރުގެ އިދާރާތަކުން ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހަދާފައިނުވާތީ، ޢާންމު ރައްޔިތުންގެ ޝަކުވާ ލިބެމުންދާތީ އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ލޯގަލް ގަވަރމަންޓް އޮތޯރިޓީން މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީގެ މުޤައްރިރު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން އެގޮތަށް ނިންމެވިއެވެ. މީގެ އިތުރުން ޤުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހިންގުމަށް ބައެއް ރަށްރަށުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، "ސްކޫލް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދު" އާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބޭފުޅުންނާ މަޝްވަރާކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA