ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

23 މޭ 2022 12:30

ނަންބަރު

10

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 10 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފޮނުއްވާފައިވާ ނޭޝަނަލް އެންޓި-ކޮރަޕްޝަން ޕޮލިސީގައި ބޮޑަށް ފާހަގަކޮށްފައިވަނީ ޕަބްލިކް ފައިނޭންސްއާ ގުޅުންހުރި ކަންތައްތައް ކަމުގައިވާތީ، މި ރިޕޯޓް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވުމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވައި، ބިލެތްދު ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ތާއިދުކުރެއްވިއެވެ. އަދި އެއްވެސް މެންބަރަކު އިއުތިރާޒްނުކުރައްވާތީ ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން އެ ހުށަހެޅުއްވުން ނިންމެވިއެވެ. ދެން ކުރިއަށްގެންދެވީ ހދ. އަތޮޅު ނާގޮށި ޕްރޮޖެކްޓާ ގުޅޭގޮތުން ތްރީކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން 10 ފެބުރުވަރީ 2022 ގައި ފޮނުވާފައިވާ މައްސަލައެވެ. މި މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެ ކުންފުންޏާއެކު އެގްރީމެންޓް ހެދިތޯއާއި، އެ އެގްރިމަންޓް ބާޠިލްކޮށްފައިވާނަމަ އެކަމުގެ ސަބަބު ސާފުކުރެއްވުމަށެވެ. އެއަށްފަހު މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މާކެޓިންގ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ އައިމިނަތު މުހައްމަދު ސައީދު އެ މަޤާމުގައި ހުންނެވި ދުވަސްވަރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީ.ޕީ.އެމްގެ ކެމްޕެއިންއަށް އެ ކުންފުނީގެ މާކެޓިންގ އެންޑް ޕްރޮމޯޝަނަލް މެޓީރިއަލްސްގެ ގޮތުގައި ތަކެތި ގަނެފައިކަމަށް ބުނެ ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މޯލްޑިވް ގޭސްއިން މަޢުލޫމާތު ސާފުކުރެއްވުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހަޅުއްވައި، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ތާއިދުކުރެއްވިއެވެ. އަދި އެއްވެސް މެންބަރަކު އިއުތިރާޒްނުކުރައްވާތީ ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން އެ ހުށަހެޅުއްވުން ނިންމެވިއެވެ. ދެން ކުރިއަށްގެންދެވީ މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމް ރައްޔިތުންގެ މަޖިލީހުގެ ނިންމެވުމާ ޚިލާފަށް 3 ޑީ.އެޗް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބޮޑު ޕްރިއަމްގައި ގޭސް ގަންނަމުންދާތީ، އެ މައްސަލަ ބައްލަވައިދިނުމަށް އެދި ފޮނުވާފައިވާ މައްސަލައެވެ. އެގޮތުން އެ މައްސަލައިގައި ކޮމިޓީން ނިންމަވާފައިވާ ގޮތާއި ޚިލާފަށް ޢަމަލުކޮށްފައިވޭތޯއާއި 3 ޑީ.އެޗް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ގޭސް ގަންނަން ފެށިނަމަ، ފަށާފައިވާ ސަބަބާއި އަދި މިހާރު ގޭސް ގަންނަމުންދާ އަގުތަކުގެ ތަފްޞީލް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ހޯއްދަވަން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA