ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

24 މޭ 2022 10:10

ނަންބަރު

8

2022 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށްގެންދެވީ އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ގެނައުމަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރުގެ މަސައްކަތެވެ. އެގޮތުން ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރާ މަޝްވަރާކުރެއްވުމަށްފަހު އެ ޤަރާރާ މެދު ގޮތެއް ނިންމެވުމަށް ނިންމެވިއެވެ. އެއަށްފަހު ހއ. ދިއްދޫ ބަނދަރުމަތިން ދޫކުރެވިފައިވާ ފިހާރަތަކާއި ހޮޓާތަކުގެ މުއްދަތު ހަމަވުމަށްފަހު، އެގްރިމެންޓާ ޚިލާފަށް ދެ ފަހަރެއްގެ މަތިން ފިހާރަތަކުގެ މުއްދަތު އިތުރުކޮށްފައިވާތީ، މިކަމާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ސިޓީ ފޮނުވާފައިވީނަމަވެސް މިހާތަނަށް އެ އިދާރާއިން އެއްވެސް ފިޔަވަޅެއް އަޅުއްވާފައިވާކަން ފާހަގަކުރެވިފައި ނުވާތީއާއި އޭގެފަހުން މި މައްސަލައާ ގުޅިގެން 5 އޮކްޓޫބަރު 2021 ގައި އެ އޮތޯރިޓީއަށް ފޮނުވި ސިޓީއަށްވެސް ޖަވާބެއް ލިބިފައިނުވާތީ އެ މައްސަލަ އަވަސްކޮށްދެއްވުން އެދި ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. ދެން އަތޮޅު ފިހާރަތައް ހިމެނޭ ބިންތައް އަތޮޅު ކައުންސިލްތަކަށް އޯނަރޝިޕް ބަދަލުކޮށް ކައުންސިލްތަކަށް އެ ބިންތައް ހޯއްދަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، މި މައްސަލައާ ގުޅޭގޮތުން ފަހުން ގޮތެއް ނިންމެވުމަށް ނިންމެވިއެވެ. އެއަށްފަހު ށ.ނޫމަރާގެ ބަނދަރު ހެދިފައިވާގޮތުން ރަށުގެ ވަށައިގެން ދައުރުވާ ވެލިގަނޑު ފަޅަށާއި ނެރުތެރެއަށް އެޅި ފަޅުތިލަވުމުގެ މައްސަލަ ކުރިމަތިވެ ލަފާފުރުން މުޅިންކަހަލަ ގޮތަކަށް ހުއްޓިފައިވާތީއާއި، ކައުންސިލްގެ ޚިދުމަތްތައް ދެމުން އަންނަނީ 40 އެތައް އަހަރެއްވެ ބައުވެ ވެއްޓެން ކައިރިވެފައިވާ އިމާރާތެއްގައިކަން ފާހަގަކޮށް، ދިވެހިރާއްޖޭގެ އެންމެ ހާލަތު ދަށް ކައުންސިލް އިދާރާކަމުގައި ކަނޑައަޅާ 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ފޮނުވި ޕީ.އެސް.އައި.ޕީ ލިސްޓުގެ އެއްވަނައިގައި އެ މަޝްރޫޢު ހިމަނާފައިވީނަމަވެސް، ބަޖެޓު ފާސްކުރެވިފައިވަނީ އެ މަޝްރޫޢު އުނިކުރުމަށްފަހުގައިކަން ބަޔާންކޮށް ނޫމަރާ ކައުންސިލްގެ އިދާރާއިން ހުށަހަޅާފައިވާ މައްސަލައިގެ މަޢުލޫމާތު ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހޯއްދެވުމަށް ނިންމެވިއެވެ. ދެން ކުރިއަށްގެންދެވީ އަލުން އެކުލަވާލާފައިވާ، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފެނިވަޑައިގަންނަވާ ގޮތް އަންގަވައިދެއްވުމަށް އެދި ކުޑަފަރީ ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ލޭންޑް ޔޫސް ޕްލޭންތަކަށް ކޮމެންޓްކުރުމަކީ މި ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމަށާއި ޤާނޫނުގައި ބަޔާންކޮށްފައިވާ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ކުޑަފަރީ ކައުންސިލްގެ އިދާރާއަށް ދެންނެވުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

27 މާރިޗު 2022

އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ގެނައުމަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރު

ކުރިޔަށް ދަނީ

23 މާރިޗު 2022

ކުޑަފަރީގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފެނިވަޑައިގަންނަވާ ގޮތް އަންގަވައިދެއްވުމަށް އެދި ކުޑަފަރީ ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ ސިޓީ.

ކޮމެޓީ މަސައްކަތް ނިމިފައި

6 ފެބްރުއަރީ 2022

ށ.ނޫމަރާ ކައުންސިލްގެ އިދާރާ އިން ފޮނުއްވާފައިވާ ސިޓީ

ކުރިޔަށް ދަނީ

25 ޖެނުއަރީ 2022

އަތޮޅު ފިހާރަތައް ހިމެނޭ ބިންތައް އަތޮޅު ކައުންސިލްތަކަށް އޯނަރޝިޕް ބަދަލުކޮށް ކައުންސިލްތަކަށް އެ ބިންތައް ހޯއްދަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީ.

ކުރިޔަށް ދަނީ

26 އޮކްޓޯބަރު 2021

ހއ. ދިއްދޫ ބަނދަރުމަތިން ދޫކުރެވިފައިވާ ފިހާރަތަކާއި ހޮޓާތަކުގެ މުއްދަތު ހަމަވުމަށްފަހު، އެގްރިމެންޓާ ޚިލާފަށް ދެ ފަހަރެއްގެ މަތިން ފިހާރަތަކުގެ މުއްދަތު އިތުރުކޮށްފައިވާތީހުށަހަޅާފައިވާ މައްސަލަ.

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA