މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިންލްއަޤްވާމީ ވިޔަފާރި ކުރުމުގެ ބިލް ދިރާސާކުރުމެވެ. އެގޮތުން އެބިލްއަށް ކޮމިޓީން ގެނެސްފައިވާ ބަދަލުތަކަށް އެޓަރނީ ޖެނެރަލްގެ އޮފިހާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ހުށަހޅާފައިވާ ހުށަހެޅުންތަކަށް ބަލައި ބިލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު ކޮމިޓީން ވަނީ ބިލް ފާސްކޮށްފައެވެ.
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA