ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

25 މޭ 2022 12:30

ނަންބަރު

14

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެއެވެ. އެގޮތުން، ބިލުގެ 1 ވަނަ މާއްދާއިން ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙުގައި ޓޫރިސްޓު ރިޒޯޓާއި، ރިޒޯޓު ހޮޓަލާއި، ހޮޓާ އަދި ޓޫރިސްޓު ގެސްޓުހައުސް މާނަކޮށްފައިވާ ގޮތާއި، ހުރި ތަފާތާއި، ބިލުގައި މާނަކޮށްފައިނުވާ ސަބަބާއި، ޤާނޫނުގެ 53 ވަނަ މާއްދާގައި (ށ) އިޞްލާޙުކުރާނެތޯ ނުވަތަ ނޫންތޯ މިނިސްޓްރީ އޮފް ޓޫރިޒަމުން އޮޅުންފިލުއްވުމަށް އެ މާއްދާ ޕާކްކުރެއްވިއެވެ. އަދި ބިލުގެ 2 ވަނަ މާއްދާއަށް ލޯކަލް ގަވަރމަންޓް އޮތޯރިޓިން ފޮނުއްވާފައިވާ ކޮމެންޓާމެދު މަޝްވަރާކުރެއްވިއެވެ. މި ބިލުން ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޔޮޓް މެރީނާއާއި އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓްތައް ތަރައްޤީކުރުމަށް ކުއްޔަށްދޭ ރަށްރަށާއި ފަޅުރަށްތަކުގެ ބިންބިމުގެ ކުލިތަކަށް ބަދަލު ގެނައުމަށް ހުށަހަޅުއްވާފައިވާތީ، އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށާއި، މިނިސްޓްރީ އޮފް ފިނޭންސްއާ ބައްދަލުކުރުމުގެ ކުރިން ބިލުގެ މަސައްކަތް ކުރިއަށް ނުގެންދަވައި މިވަގުތު ބިލުގެ މަސައްކަތްތައް މަޑުޖައްސާލުމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ތާއީދުކުރައްވާފައިވާ ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، އެ ހުށަހެޅުން ފާސްކުރުމަށް ފެންނަކަމަށް އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި 7 މެންބަރުންގެ ތެރެއިން 02 މެންބަރުންގެ ވޯޓު ލިބުމުން އެ ހުށަހެޅުން ފާހެއްނުވިއެވެ. އެ ހުށަހެޅުން ފާސްނުވުމުން، ކޮމިޓިން ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
20 އޭޕްރީލު 2022 - ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA