ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

26 މޭ 2022 10:00

ނަންބަރު

15

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނާ ބައްދަލުކުރުމެވެ. އެގޮތުން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގެ ދަށުން، ޖޮއިންޓް ވެންޗަރ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ ދައުލަތުގެ ހިއްސާ ވިއްކާލުމުން ލިބޭ އަގަށް އަށްވުރެ ދަށް އަގެއް ލިބުމުގެ ފުރުޞަތު އޮތްކަމާއި، އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން މުޙިންމު އިޞްލާޙުތަކެއް ބިލުގައި ހިމަނާފައިވާނެކަމަށާއި، ޔޫކްރެއިން ރަޝިޔާގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ކްރައިސިސްގެ ސަބަބުން ބިމުގެ ކުއްޔަށް ބަދަލުގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙުތައް ނުގެނައުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ފިނޭންސް ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ދަރަންޏާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި ދަރަނީގެ މިންވަރާއި، ދަރަނިތައް މެނޭޖްކުރުމުންދާގޮތާއި، ބިލާގުޅުންހުރި އިތުރު މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
20 އޭޕްރީލު 2022 - ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA