ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

30 މޭ 2022 11:00

ނަންބަރު

8

މާލިއްޔަތު ކޮމިޓީގެ 2022 ވަނަ އަހަރުގެ 08 ވަނަ ބައްދަލުވުން

ޚުލާސާ

އެއަށްފަހު، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތުގެ އޮފީސްތަކުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅުއްވަންޖެހޭ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް 31 މާރިޗުގެ ނިޔަލަށް ހުށަނާޅުއްވާ މުއައްސަސާތަކުގެ ލިސްޓާއި، ޤާނޫނުގައި ބުނާ މުއްދަތު ހަމަވިފަހުން އަހަރީ ރިޕޯޓް ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން 12 އެޕްރީލް 2022 ގެ ނިޔަލަށް އަހަރީ ރިޕޯޓް ހުށަހެޅުއްވި މުއައްސަސާތަކުގެ ލިސްޓު އޮޑިޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާއިރު، މި ލިސްޓުގައި ގިނަ ޢަދަދަކަށް ކައުންސިލް އިދާރާތައް ހިމެނިފައިވާތީ، ކައުންސިލް އިދާރާތަކުން ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އަހަރީ ރިޕޯޓް ހުށަނާޅުއްވާ ސަބަބާއި، އަހަރީ ރިޕޯޓް ހުށަހެޅުއްވުމުގައި ކައުންސިލް އިދާރާތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ. އެއަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ޕީ.ޑަބްލިއު.ސީއަށް ދީފައިވާ މުއްދަތު، 9 ޖޫން 2022 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް އެދި އެ ފަރާތުން ފޮނުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވިއެވެ. އެ ގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު ޕީ.ޑަބްލިއު.ސީން ފޮނުއްވާފައިވާ ޑްރާފްޓް ރިޕޯޓަށް ޙިޔާލުހުށަހަޅާނެކަމުގައި ވަނީނަމަ އެ އޮޑިޓް ފަރމްއިން އެދިލައްވާ މުއްދަތަށް އިތުރުކޮށްދެއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ހުށަހަޅުއްވައި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތާޢީދުކުރެއްވި ހުށަހެޅުމަށް ކޮމިޓީގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ވޯޓަށް ނައައްސަވާ ކޮމިޓީ ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA