ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

31 މޭ 2022 12:30

ނަންބަރު

16

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ބިލުގެ 1 ވަނަ މާއްދާއިން ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) އަށް ހުށަހަޅާފައިވާ އިޞްލާޙުގައިވާ " ޓޫރިސްޓު ރިޒޯޓާއި، ރިޒޯޓު ހޮޓަލާއި، ހޮޓާ އަދި ޓޫރިސްޓު ގެސްޓުހައުސް" މާނަކޮށްފައިވާ ގޮތާއި، އެ ކްލެސިފިކޭޝަންތައް ބިލުގައި ހިމަނާފައިވާ ސަބަބުކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ފާހަގަކުރައްވާފައިވާ ކަންކަމާމެދު މަޝްވަރާކުރެއްވުމަށްފަހު، ޤާނޫނުގައި ކުރިން މާނަކޮށްފައިވާގޮތްތައް އިޞްލާޙުކުރުމަށް ނިންމައި، އެއްވެސް މެންބަރު އިއުތިރާޒުނުކުރައްވާތީ މި މާއްދާ ފާސްކުރުމަށް ނިންމިއެވެ. އެއަށްފަހު، ބިލުގެ 2 ވަނަ މައްދާއިން ޤާނޫނުގެ 2 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިޞްލާޙާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ނޫނު އަތޮޅު ކައުންސިލުން ފޮނުއްވާފައިވާ ކޮމެންޓްސްއާ މެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، އެ ދެ އިދާރާއިން ފޮނުއްވާފައިވާ އިޞްލާޙުތަކާމެދު މިނިސްޓްރީ އޮފް ޓޫރިޒަމްގެ ކަންބޮޑުވުންހުރިކަމަށާއި، އިޞްލާޙުގައި ހުށަހަޅުއްވާފައިވާ ގޮތަށް އުސޫލުތައް އެކުލަވާލުމުގެ ބާރު ކައުންސިލްތަކަށް ދިނުމުން ފުށުއެރުންތައް ކުރިމަތިވެދާނެކަމަށާއި، މުޅި ދިވެހިރާއްޖޭގައިވެސް ޢަމަލުކުރެވޭ ރެގިއުލޭޓްރީ ފްރޭމްވަރކް ކޮންސިސްޓެންޓްވާންވާނެކަމަށާއި އަދި، ޓޫރިޒަމް ޤާނޫނު އިޞްލާޙުކޮށް، ޓޫރިޒަމް ޕްލޮޓްތައް ލީސްކުރުމާގުޅޭ މަސްއޫލިއްޔަތުތައް މިހާރު މީހުން ދިރިއުޅޭ ރަށްތަކުގެ ކައުންސިލްތަކާ ޙަވާލުކޮށްފައިވާނެކަމަށާއި، 4 ވަނަ މާއްދާއަށް ބިލުން ހުށަހަޅާފައިވާ އިޞްލާޙުންވެސް ކައުންސިލްތަކުގެ ބާރު އިތުރަށް ފުޅާވެގެންދާނެކަމަށް އެ މިނިސްޓްރީން ފާހަގަކުރައްވާފައިވާކަން މެންބަރުން ފާހަގަކުރެއްވިއެވެ. ބިލުގެ 2 ވަނަ މައްދާއިން ޤާނޫނުގެ 2 ވަނަ މާއްދާއަށް އިޞްލާޙު ހުށަހަޅުއްވާފައިވާގޮތަށް ފާސްކުރުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ ހުށަހަޅުއްވައި، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ތާއީދުކުރެއްވި ހުށަހެޅުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 7 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. އަދި، ބިލުގެ 3 ވަނަ މާއްދާއިން ޤާނޫނުގެ 4 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިޞްލާޙާގުޅޭގޮތުން ނޫނު އަތޮޅު ކައުންސިލުން ފޮނުއްވާފައިވާ ކޮމެންޓާމެދު މަޝްވަރާކުރެއްވުމަށްފަހު، އެފަދައިން އިޞްލާޙު ގެނެސްފިނަމަ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމާއި، އެގޮތަށް އިޞްލާޙުކުރަން ނުފެންކަމަށް މަޝްވަރާކުރެއްވިއެވެ. ބިލުގެ 3 ވަނަ މައްދާއިން ޤާނޫނުގެ 4 ވަނަ މާއްދާއަށް އިޞްލާޙު ހުށަހަޅުއްވާފައިވާގޮތަށް ފާސްކުރުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ ހުށަހަޅުއްވައި، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ތާއީދުކުރެއްވި ހުށަހެޅުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. ބިލުގެ 4 ވަނަ މައްދާއިން ޤާނޫނުގެ 5 ވަނަ މާއްދާގެ (ކ) އަށް އިޞްލާޙު ހުށަހަޅުއްވާފައިވާގޮތަށް ފާސްކުރުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ ހުށަހަޅުއްވައި، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ތާއީދުކުރެއްވި ހުށަހެޅުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 7 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. ބިލުގެ 5 ވަނަ މާއްދާ އާއި 6 ވަނަ މާއްދާ ހުށަހަޅުއްވާފައިވާގޮތަށް ފާސްކުރުމަށް އެއްވެސް މެންބަރަކު އިޢުތިރާޒުނުކުރާތީ، އެގޮތަށް ފާސްވީކަމަށް ނިންމިއެވެ. ބިލުގެ 7 ވަނަ މާއްދާއިން ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް 7 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ގޮތުގައި އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ ނަންބަރު ހުށަހަޅުއްވާފައިވާ ސަބަބާއި ބިލުގެ 9 ވަނަ މާއްދާއިން ޤާނުނުގެ 9 ވަނަ މައްދާގެ (ކ) ގެ (2) ވަނަ ނަންބަރު އުނިކުރައްވަން ހުށަހަޅުއްވާފައިވާ ސަބަބު މިނިސްޓްރީ އޮފް ޓޫރިޒަމުން އޮޅުންފިލުއްވުމަށް، މި މާއްދާ ޕާކްކުރެއްވައި، ބިލުގެ މަސައްކަތް މިއަދަށް ނިންމަވާލެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
20 އޭޕްރީލު 2022 - ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA