މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2022 ވަނަ އަހަރުގެ 09 ވަނަ ބައްދަލުވުން

31 މޭ 2022 12:30 ނަންބަރު 9

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ޕީ.ޑަބްލިއު.ސީއަށް ދީފައިވާ މުއްދަތު، 9 ޖޫން 2022 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް އެދި އެ ފަރާތުން ފޮނުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން އޮޑިޓް ފަރމްއިން އެދިލައްވާފައިވާގޮތަށް މުއްދަތު އިތުރުކޮށްދެއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ހުށަހަޅުއްވައި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތާޢީދުކުރެއްވި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުން ފާސްވިއެވެ. މީގެ އިތުރުން، އޮޑިޓްކުރުމަށްޓަކައި ޢައްޔަންކުރާ މުސްތަޤިއްލު އޮޑިޓަރު ތައްޔާރުކުރާ ރިޕޯޓަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޚިޔާލު ހޯއްދެވުމަށް ދެވޭ މުއްދަތަކީ އެކަށީގެންވާ މުއްދަތަކަށް ނުވާނަމަ، އެކަން ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތު ފަހަނައަޅައި ދިޔުމުގެ ކުރިން ކޮމިޓީއަށް އަންގަވައިދެއްވުމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެހެން މަސައްކަތް ކުރިއަށް ގެންދެވުމަށް އެ އޮފީހަށް ދެންނެވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ހުށަހަޅުއްވައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުން ފާސްވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތުގެ އޮފީސްތަކުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅުއްވަންޖެހޭ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި ހުށަނާޅާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހޯދާފައިވާ މަޢުލޫމާތު މެންބަރުންނާ ޙިއްޞާކުރެއްވިއެވެ. އެގޮތުން، މި މައްސަލައިގައި ކޮމިޓީއަށް ފާހަގަކުރެވުނު ކަންތައްތަކާއި، ކޮމިޓީގެ ރިކޮމެންޑޭޝަންތައް ހިމަނައިގެން ރިޕޯޓެއް އެކުލަވާލުމަށްފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުން ފާސްވިއެވެ. މީގެ އިތުރުން، އެހެނިހެން ކަންކަމުގެ ތެރޭގައި، އެސް.އޯ.އީ ތަކުން އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓަރުން ޢައްޔަނުކުރުމަށް ގެންގުޅުއްވާ މިންގަނޑުތަކުން ދިވެހި އޮޑިޓް ފަރމް/ އޮޑިޓަރުންނަށް ފުރުސަތު ހަނިވެގެންދާކަމަށް ފާހަގަކުރެވޭތީ، އެ މައްސަލަ ބައްލަވައިދެއްވުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވިއެވެ. މި ހުށަހެޅުމަށް ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ތާޢީދުކުރެއްވިއެވެ. އެހެންކަމުން، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން ދިވެހިރާއްޖޭގައި އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތްދިނުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ލައިސަންސް ދިނުމުގައި ގެންގުޅުއްވާ ކްރައިޓީރިއާ/މިންގަނޑުތަކާއި، އެ ކްރައިޓީރިއާގެ ދަށުން އޮޑިޓްކުރެވޭނެ ތަންތަން ގިންތިކުރެވިފައިވާނަމަ، އޭގެ ތަފްޞީލް ހޯއްދެވުމަށާއި، އެސް.އޯ.އީ ތަކުން އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓްގެ މަސައްކަތް ކުރުމަށް އޮޑިޓަރުން ޢައްޔަނުކުރުމުގައި ގެންގުޅުއްވާ މިންގަނޑުތައް ސާފުކުރެއްވުމަށް އެސް.އޯ.އީ ތަކަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

30 މޭ 2022

އޮޑިޓް އޮފީހުގެ 2021 ވަނަ އަހަރުގެ އޮޑިޓްކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕީ.ޑަބްލިއު.ސީ އޮޑިޓް ފަރމްއިން ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

14 އޭޕްރީލު 2022

ދައުލަތުގެ އޮފީސްތަކުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅުއްވަންޖެހޭ 2021 ވަނަ އަހަރުގެ "އަހަރީ ރިޕޯޓް" ހުށަނާޅުއްވާ ފަރާތްތަކުގެ ލިސްޓް

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA