ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

31 މޭ 2022 11:00

ނަންބަރު

12

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2022 ވަނަ އަހަރުގެ 12 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަދި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) މެދުވެރިވެގެން ސިފައިންނާއި ފުލުހުންނަށް ޚާއްޞަކޮށްގެން ސިފައިންނާއި ފުލުހުންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުމާލޭގައި އަޅަމުން ގެންދާ 600 ފްލެޓްގެ ޕްރޮޖެކްޓާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އަދި އިންފްރާސްޓްރަކްޗަރގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން ޕޮލްކޯގެ ފްލެޓްތަކުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަނާއެކު އެއްބަސްވެފައިވާކަމަށާއި އަދި އެއްބަސްވެފައިވަނީ 20 ސެޕްޓެންބަރު 2022 ގެ ކުރިން މަސައްކަތް ނިންމުމަށްކަމަށާއި އަދި ސިފްކޯ ފްލެޓް ޕްރޮޖެކްޓުގައި މިނިސްޓްރީގެ އެއްވެސް ދައުރެއް ނެތްކަމަށްވެސް އެބޭފުޅުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA