ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

1 ޖޫން 2022 10:30

ނަންބަރު

17

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 17 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ބިލުގެ 7 ވަނަ މާއްދާއިން ފެށިގެން ބިލުގެ 22 ވަނަ މާއްދާގެ ނިޔަލަށް ދިރާސާކުރެއްވިއެވެ. އެގޮތުން، - ބިލުގެ 8 ވަނަ މާއްދާއިން ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ކޮމިޓީން ގެންނެވި އިޞްލާހާއި އެކު ފާސްކުރުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. - ބިލުގެ 9 ވަނަ މާއްދާ އޮތް ގޮތަށް ފާސްކުރުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. - ބިލުގެ 10 ވަނަ މާއްދާ އިން ޤާނޫނުގެ 12 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާހު ކޮމިޓީން ގެންނެވި އިޞްލާހާއި އެކު ފާސްކުރުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 5 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. - ބިލުގެ 7،11،12،13،14،15،16،17،18،19،20،21 އަދި 22 ވަނަ މާއްދާ، މާއްދާ ހުށަހަޅުއްވާފައިވާގޮތަށް ފާސްކުރުމަށް އެއްވެސް މެންބަރަކު އިޢުތިރާޒުނުކުރާތީ، އެގޮތަށް ފާސްވީކަމަށް ނިންމިއެވެ. މިބައްދަލުވުމުގައި ބިލުގެ މަސައްކަތް ކުރިއަށް ގެންދަވާއިރު، މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޚުއްސާން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
20 އޭޕްރީލު 2022 - ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA