ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

25 މޭ 2022 11:10

ނަންބަރު

12

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2022 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް ފުރަތަމަ ކަމަކަށް އެޖެންޑާ ކުރެވިފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސަށް ތުހުމަތުތަކެއް ކުރެވިފައިވާތީ، އެއީ ޤާނޫނުގައި ބުނާ ޝަރުތެއް އުނިވެފައިވުން ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހެޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ. މިކަމާ ގުޅިގެން ހުރިހާ މެންބަރުންވެސް އިއްތިފާޤުވެފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މިހާރުގެ ހާލަތު ބެއްލެވުމަށާއި ކައުންސިލް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޓީއަށް މޯލްޑިވްސް މީޑިއާ ކައުންސިލް ހާޒިރުކުރުމަށެވެ. އެހެން ކަމުން 30 މޭ 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީގެ ބައްދަލުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް ހާޒިރުކުރުމަށް ނިންނެމެވިއެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ ވިސްލްބްލޯވަރުންގެ ފަރާތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ޖަވާބު ދިރާސާކުރުމުގެ މަސައްކަތެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA