ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ

ތާރީޚް

8 ޖޫން 2022 12:30

ނަންބަރު

12

12 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީއަށް ފޮނުއްވާފައިވާ 3 ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރައްވައި، ބިލު ކޮމިޓީން އިޞްލާޙުކުރެއްވިގޮތަށް ފާސްކުރެއްވިއެވެ. ދެން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 78/69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމެވެ. އެގޮތުން އެ ޤާނޫނުގައި "މިނިސްޓްރީ އޮފް މިނިސްޓްރީ އޮފް ޓްރާސްންޕޯޓް" ލިޔެފައި ހުރި މާއްދާތަކުގެ އެ ބައިތައް "މިނިސްޓްރީ" އަށް ބަދަލުކޮށް އިޞްލާޙުކުރުމަށް ކޮމިޓީގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އަދި، ހުށަހެޅިފައިވާ ބިލުގެ ފުރަތަމަ މާއްދާ ކޮމިޓީން އިޞްލާޙުކުރެއްވި ގޮތަށް ފާސްކުރެއްވުމަށާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ (1) އިޞްލާޙުކުރުމަށް ކޮމިޓީގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA