ލާމަރުކަޒީ ކޮމިޓީ

2022 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

6 ޖޫން 2022 10:05 ނަންބަރު 9

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށްގެންދެވީ އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ގެނައުމަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރުގެ މަސައްކަތެވެ. އެގޮތުން ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރާ މަޝްވަރާކުރެއްވުމަށްފަހު އެ ޤަރާރުގެ މަސައްކަތް ދިރާސާކުރެއްވުމަށް ޖޮއިންޓް ސަބް ކޮމިޓީއެއް އެކުލަވާލުމަށް ނިންމެވިއެވެ. އެއަށްފަހު ކޮމިޓީ އަށް ކައުންސިލަތަކުން ފޮނުއްވާފައިވާ ސިޓީ ތައް ދިރާސާކުރައްވަން އެކުލަވާލަފައިވާ ސަބް ކޮމިޓީއަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު އިތުރުކުރެއްވުމަށް ނިންމެވިއެވެ. އަދި، ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލުގެ ސުންގަޑި ހަމަވެފައިވާތީ، އެ ބިލުގެ ސުންގަޑި 20 ޖޫން 2022 ގެ ނިޔަލަށް އިތުރުކުރެއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

27 މާރިޗު 2022

އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ގެނައުމަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރު

ކުރިޔަށް ދަނީ

24 އޯގަސްޓު 2021

ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA