ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

6 ޖޫން 2022 10:30

ނަންބަރު

7

2022 ވަނަ އަހަރުގެ 7 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހިންގުމަށް ބައެއް ރަށްރަށުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، "ސްކޫލް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދު" އަށް އިސްލާޙުގެނައުމަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އަދި މެންބަރުން ފާހަގަކުރައްވާފައިވާ ކަންތައްތަކާ ގުޅޭގޮތުން މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުންނާ މަޝްވަރާކުރެއްވުމަށްފަހު ގޮތެއް ނިންމަވާނެކަމަށް އެބޭފުޅުން ވިދާޅުވިއެވެ. އެއަށްފަހު، އެ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ޓެކްނިކަލް ޓިމާ މަޝްވަރާކުރައްވާނެކަމަށް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވެފައިވާތީ، އެ މައްސަލަ ކޮމިޓީގެ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ. މީގެ އިތުރުން ބައެއް މިނިސްޓްރީތަކުންނާއި ސަރުކާރުގެ އިދާރާތަކުން ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާފައިނުވާ މައްސަލަ ކޮމިޓީން ބަލަމުންދާއިރު، ޔުނިވަރސިޓީ ޤާނޫނުގެ ދަށުން ޤައުމީ ޔުނިވަރސިޓީން ހަދަންޖެހޭ ގަވާއިދުތަކާއި މިހާތަނަށް ހަދާފައިނުވާ ގަވާއިދުތަކުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA