ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

7 ޖޫން 2022 10:00

ނަންބަރު

13

2022 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް )އައި.އެސް.ޑީ.ބީ) ގްރޫޕްގައި ހިމެނޭ އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިންގ ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އަދި މި މައްސަލައާގުޅޭ ބައެއް ލިޔުންތައް ހަމަނުވާތީ، އެ ލިޔުންތައް ކޮމިޓީއަށް ހޯދުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ހުށަހަޅުއްވައި، ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މަޢުމޫން ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޒް ނުކުރާތީ ހުށަހެޅުން ވަނީ ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA