ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

7 ޖޫން 2022 12:30

ނަންބަރު

19

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 19 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، އިޞްލާހުކުރުމަށް ހުށަހަޅުއްވާފައިވާ ބިލުގައި ނެތް ބައެއް މާއްދާތަކަށް މެންބަރުން އިޞްލާހު ހުށަހެޅުއްވިއެވެ. 1. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު އަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ތާއީދުކުރައްވައި ހުށަހަޅުއްވާ އިޞްލާހަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 5 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. 2. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (މ) ގެ (1) ވަނަ ނަންބަރު އަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ތާއީދުކުރައްވައި ހުށަހަޅުއްވާ އިޞްލާހަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 5 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. 3. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (މ) ގެ (2) ވަނަ ނަންބަރު އަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ތާއީދުކުރައްވައި ހުށަހަޅުއްވާ އިޞްލާހަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. 4. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (މ) ގެ (3) ވަނަ ނަންބަރު އަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ތާއީދުކުރައްވައި ހުށަހަޅުއްވާ އިޞްލާހަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. 5. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (މ) ގެ (5) ވަނަ ނަންބަރު އަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ތާއީދުކުރައްވައި ހުށަހަޅުއްވާ އިޞްލާހަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. 6. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (މ) ގެ (8) ވަނަ ނަންބަރު އަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ތާއީދުކުރައްވައި ހުށަހަޅުއްވާ އިޞްލާހަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. 7. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (މ) ގެ (9) ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ތާއީދުކުރައްވައި ހުށަހަޅުއްވާ އިޞްލާހަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. 8. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ 17-16 ވަނަ މާއްދާގެ (ހ) އަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއީދުކުރައްވައި ހުށަހަޅުއްވާ އިޞްލާހަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. 9. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ 19-16 ވަނަ މާއްދާއަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއީދުކުރައްވައި ހުށަހަޅުއްވާ އިޞްލާހަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. 10. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ 19-16 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއީދުކުރައްވައި ހުށަހަޅުއްވާ އިޞްލާހަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. 11. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ 35 ވަނަ މާއްދާގެ (ކ) އަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިޞްލާޙު ހުށަހަޅުއްވާފައިވާ ގޮތަށް އިޞްލާޙުކުރުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ތާއީދުކުރައްވައި ހުށަހަޅުއްވާ އިޞްލާހަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 5 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. 12. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ 35 ވަނަ މާއްދާގެ (އ) އަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިޞްލާޙު ހުށަހަޅުއްވާފައިވާ ގޮތަށް އިޞްލާޙުކުރުމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވައި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރައްވައި ހުށަހަޅުއްވާ އިޞްލާހަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 5 މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްވިއެވެ. މިބައްދަލުވުމުގައި ބިލުގެ މަސައްކަތް ކުރިއަށް ގެންދަވާއިރު، މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޚުއްސާން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
20 އޭޕްރީލު 2022 - ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA